ދިވެހި 489 ހައްޖުވެރިން މިހާރު މައްކާއަށް ވާސިލްވެފައި ވާކަމަށާއި، ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ހައްޖުވެރިންގެ ހާލު ހާމަކުރަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހައްޖު މިޝަނުން ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނުން ވަނީ ހައްޖުވެރިންނަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަޖަމައްސާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕު ފުރީ މިމަހު 26 ގައެވެ. އަދި ހައްޖުވެރިންގެ ދެވަނަ ގްފޫޕު ވަނީ ގައުމީ އެއާލައިނުގައި އިއްޔެ ހެނދުނު ފުރާފައެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމާލެވޭނެއެވެ.
މީގެއިތުރުން ހައްޖުވެރިންނަށް އެއާޕޯޓުގައި މަޑުނުކޮށް، ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.

މިވަގުތާ ހަމައަށް ދިވެހި 489 ހައްޖުވެރިން މައްކާއަށް ވާޞިލްވެއްޖެ. އެންމެހައި ހައްޖުވެރިންގެ ޙާލުވެސް ރަނގަޅު. ދިވެހިރާއްޖޭގެ ހައްޖުމިޝަނުންދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން. ހައްޖު ކޯޕަރޭޝަނުންވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 28, 2025
ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕު ފުރީ މިމަހު 26 ގައެވެ. އަދި ހައްޖުވެރިންގެ ދެވަނަ ގްފޫޕު ވަނީ ގައުމީ އެއާލައިނުގައި އިއްޔެ ހެނދުނު ފުރާފައެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމާލެވޭނެއެވެ.
މީގެއިތުރުން ހައްޖުވެރިންނަށް އެއާޕޯޓުގައި މަޑުނުކޮށް، ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.
ކިޔުންތެރިންގެ ހިޔާލު