މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ 1000 މީހުން މިވަގުތު ތިބީ މައްކާގައި ކަމަށް މޯލްޑިވްސް ހައްޖު މިޝަނުން ބުނެފިއެވެ.
ހައްޖު މިޝަނުން މިއަދު ބުނީ، ހައްޖަށްދިޔަ 1000 މީހުން މިހާރު ތިބީ މައްކާގައި ކަމަށާއި ހުރިހާ ހައްޖުވެރިންގެ ވެސް ހާލު ރަނގަޅުކަމަށެވެ.
ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިޔައީ ހަތަރު ފްލައިޓެއްގައެވެ. އެ ހުރިހާ އެންމެންނަށް ވެސް، މި އަހަރު ދިވެހިންނަށް އަލަށް ލިބުނު 'މައްކާ ރޫޓު އިނީޝިއޭޓިވް'ގެ ލުއި ފަސޭހަކަން ލިބިގެންގޮސްފައިވާކަމަށް ހައްޖު މިޝަނުން ބުނެއެވެ.
މި އަހަރު ފާހަގަ ކުރެވިފައިވަނީ ހައްޖަށްދާ މީހުންނަށް ލުއިފަސޭހަ ގިނަ ކަންތައްތަކެއް ސަރުކާރުގެ ފަރާތުން ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދީފައިވާ އަހަރެއްގެ ގޮތުގައެވެ. އެ ކޯޕަރޭޝަނުން މިހާރު އަންނަނީ، ހައްޖާޖީން މަޝާއިރުތަކަށް ދިޔުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އަދި ހައްޖުވެރިންނާ ގުޅޭ ކަންކަން ސައުދީ ސަރުކާރާ ގުޅިގެން ހައްޖު މިޝަނުން ކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ފަހަރު އިފްތިތާހު ކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަ ހައްޖުވެރިންނަށް ލިބިގެންގޮސްފައިވާއިރު ގިނަބަޔަކު ސަރުކާރުން ފަހިކޮށްދިން އެ ފުރުސަތުގެ ސަބަބުން އެތައްތަނެއް ލުއިވެގެން ގޮސްފައިވާކަމަށްބުނެ ސަރުކާރަށް ޝުކުރު އަދާކޮށް އެކަން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު