ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނީ މި މަސައްކަތުގެ 18 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ހޮސްޕިޓަލްގެ ވާރޑް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ހަމަ އެފަންގިފިލާގެ ސިޑިގޮޅި މަރާމާތު ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.
30.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާރާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 17 މެއި 2020 ގައެއެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު