މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ދިވެހިންގެ ފޯނުތަކަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެ. އަދި އެ ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖްކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާކަށް ނާންގާނެ." ޙައްޖު ކޯޕަރޭޝަންގެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު، ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، އެކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުރުމަށް އަންގާނީ ހަމައެކަނި އެ ކޯޕަރޭޝަންގެ ނަމުގައި ހެދިފައިވާ ރަސްމީ އެކައުންޓުތަކަށް ކަމަށެވެ.
އެހެންކަމުން، ހައްޖު ކޯޕަރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ، އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ މިފަދަ މެސެޖްތަކާއި ފޮނުވާ ލިންކްތަކަށް ސަމާލުވެ، އެފަދަ ލިންކްތަކަށް ނުފިތުމަށެވެ. އަދި މިފަދަ މެސެޖެއް ނުވަތަ ކޯލެއް އައިސްފިނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށްވެސް އެކޯޕަރޭޝަނުން އެދިފައިވެއެވެ.
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، ރާއްޖޭގައި އެކިކަހަލަ ސްކޭމްތައް ހިންގުން އިތުރުވެފައިވާތީ އާންމުން ހޭލުންތެރިކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު