ރ. ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީން ދަނީ ދުވާފަރުގެ 12 މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންނެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 47 މިލިއަން ރުފިޔާ އަށެވެ.
އެމްޓީސީސީން ބުނީ، ދުވާފަރު ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޖުމްލަ 37.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ދުވާފަރުގައި ފައި މަގުގައި އުޅެވޭ ގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ހަދައި ދުއްވޭ ގޮތަށް 17،790 އަކަމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި ކޭބަލް ހޮޅި ވަޅުލުމާއި މަގުމަތީ ނިޝާން ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު