އެމެރިކާއިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާ ކުށްވެރި ކުރުމަށް އީރާނުން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެއެވެ.
އީރާނުން ފޮނުވި ސިޓީގައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފޯޑޯ، ނަތަންޒް އަދި އިސްފަހާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލާގެ ތަފްސީލުތައް ހާމަކޮށްފައެވެ.
އީރާނުގެ ދާއިމީ މަންދޫބު އަމީރު ސައީދު އިރަވާނީ ވިދާޅުވީ އެމެރިކާގެ މި ހަމަލާއަކީ "ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް" ކަމަށެވެ.
އަދި އެ ހަމަލާތަކަކީ "އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ" ގެ ފުރިހަމަ ބެލުމުގެ ދަށުން ދިން ހަމަލާތަކެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
އީރާނުން ދެކޭގޮތުގައި އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ރައީސް އާޖެންޓީނާގެ ގްރޮސީއަކީ އިޒްރޭލުގެ އެޖެންޓެކެވެ. އެހެންކަމުން އޭނާ ޖަވާބުދާރީ ކުރުވުމަށްވެސް އދގައި އީރާނުން ވަނީ އެދިފައެވެ.
އެ ސިޓީގައި ބުނީ އެމެރިކާގެ ޓެރަރިސްޓް ހަމަލަތަކަކީ، އދގެ ޗާޓަރާއި ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާ ކުރާ ބައިނަލްއަގްވާމީ ނޮން ޕްރޮލިފަރޭޝަން ޓްރީޓީއާ ހިލާފު އުދުވާނީ ހަމަލަތަކެއް ކަމަށެވެ.
އެހެންކަމުން އެ ގާނޫނާ ހިލާފު މިއަމަލު ބަލައި، އެކަން ކުށްވެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެކަމަށް ޒިންމާވާ މީހުންނަށް އަދަބު ދިނުން ކަށަވަރު ކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން އިލްތިމާސް ކުރާކަމަށް އީރާންގެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު