ތިލަމާލޭ ބްރިޖްގެ ކޮންސަލްޓަންޓުގެ އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށް ބުނާ ޚަބަރު އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ދޮގު ކުރަށްވައިފިއެވެ.
ރާއްޖޭގެ މީޑިއާތަކުގައި މިއަދު ރިޕޯޓް ކޮށްފައިވަނީ، ތިލަމާލެ ބްރިޖުގެ ކޮންސަލްޓަންސީ ބަލަހައްޓަމުން ދިޔަ ހޮންކޮންގުގެ އަރޫޕްގެ އެއްބަސްވުން ސަރުކާރުން ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު މުވައްޒަފުންނަށް ނޯޓިސް ދީފައިވާ ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް މީސްމީޑިއާގައި މިއަދު ވިދާޅުވީ، އެއީ “ކަނޑައެޅިގެން ދޮގު ޚަބަރެއް” ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ހޮންކޮންގުގެ އަރޫފް ކުންފުންޏަކީ ސިނަމާލެ ބްރިޖްގެވެސް ކޮލެޓީ ބެލެހެއްޓި ކުންފުންޏެވެ.
ތިލަމާލެ ބްރިޖަކީ ރައީސް ޞާލިހް ގެ ސަރުކާރުން ފެށި 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. އިންޑިޔާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން، 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ ކުރިން ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ، ތިލަމާލެ ބުރިޖުގެ އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި 263 ޕައިލް ޖަހައި ނިމިފައިވާ ކަމަށާއި މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރުގެ ތެރޭގައި މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު