ގެއްލިގެން ހޯދާ ބިދޭސީ މީހާ އެމް.ޑީ ފޮއިސަލް ސަރުކާރު (ފޮޓޯ: ޕޮލިސް)
ގެއްލިގެން ހޯދާ ބިދޭސީ މީހާ އެމް.ޑީ ފޮއިސަލް ސަރުކާރު (ފޮޓޯ: ޕޮލިސް)
ރާއްޖޭގައި ފިލައިގެން އުޅޭ ބަންގްލަދޭޝް މީހަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ، އެމް.ޑީ ފޮއިސަލް ސަރުކާރު ނަމަކަށް ކިޔާ ބަނގުލަދޭޝްގެ ރައްޔިތެކެވެ. ފުލުހުންވަނީ އެމީހާގެ ޕާސްޕޯޓް ނަމްބަރާއި، ފޮޓޯވެސް ޢާއްމުކޮށްފައެވެ.

ފުލުހުން ބުނީ، އެމީހާ ހޯދަނީ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، މޯލްޑިވްސް އިމިގްރޭޝަނުން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެ މީހާއަކީ، ސްޕޮންސާއަށް ފިލައިގެންގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށްގެން އުޅޭ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން