ޒުވާނުން ބާރުވެރިކޮށް، ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) އާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހްމަދު މުހައްމަދު އެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމް އެވެ.
އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގުރާމުތައް އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެގޮތުން، އަލަށް ސްކޫލް ނިންމައި ނުކުންނަ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކޮށް، ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގުރާމްތަކާއި، މޮޓޯ ސައިކްލް ރިޕެއަރ އެންޑް މެއިންޓެނެންސް ޕްރޮގުރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ވީލްޗެއަރ ރިޕެއަރ އެންޑް މެއިންޓެނެންސް ޕްރޮގުރާމުތައްވެސް މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެކަމަށެވެ.
ކުރިއަށްއޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގައި ޒުވާނުން ބާރުވެރިކުރުވުމަކީ އަމާޒެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު