ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް ނަގަނީ، ދައުލަތަށް ދައްކަންޖެހޭ 33 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކުރާ ގޮތަށް ނޫން ކަމަށް ވިލާ އެއަރގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ސަރުކާރުން ކާޑެއްދޫ އެއާޕޯޓު ނެގީ، ދައުލަތަށް އެމަނިކުފާނު ދައްކަންޖެހޭ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކޮށްފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސް ޔާމިން ކާޑެއްދޫ އެއާޕޯޓާއި ގުޅުވައި ދެެއްކެވި ވާހަކަފުޅު ދޮގުކުރަށްވައި ގާސިމް ވިދާޅުވީ ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އޮޅުވައިލައިގެން ޔާމިން ހައްދަވާ އިތުރުފުޅުތައް ދިވެހީން ގަބޫލު ނުކުރާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެއާއެކު ގާސިމް ވަނީ އެ މުއާމަލާތާ ގުޅޭގޮތުން ރައީސް އޮފީހާއި، ގާސިމްގެ ކުންފުނިން ކޮށްފައިވާ މުއާމަލާތް ފެންނަ ސިޓީއެއް ވެސް އެކްސްގައި ޙިއްސާ ކުރަށްވާފައެވެ.
އެ ސިޓީގައި ބުނެފައިވަނީ، ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައިވާ ގޮތުން ދައުލަތަށް ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ވިލާ އެއާ ކުންފުންޏަށް ސަރުކާރުން ދެ ގޮތެއް ހުށައެޅިއެވެ.
ފުރަތަމަ ގޮތަކީ ސަރުކާރަށް އެއާޕޯޓު ހަވާލުކުރުމަށް ޓަކައި، އެ އެއާޕޯޓަށް ވިލާ އެއާ ކުންފުނިން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސް ދުވަހަށް ބަހައިގެން އެ ކުންފުންޏަށް ދެއްކުމެވެ. ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހައިގެން އެޖަސްޓްމަންޓު ހެދުމެވެ. އަދި އެ ދެގޮތުން ކުރެ ވިލާ އިން ނިއްމާ ގޮތެއް އަންގައިދިނުމަށް ވެސް ސިޓީގައި އެދިފައިވެއެވެ. އެހެން ނަމަވެސް އެއްވެސް ޓެކްސް އެއް މައާފްކުރި ކަމަށް ސިޓީގައި ބުނެފައެއް ނުވެއެވެ.
ރައީސް އޮފީހުގެ އެ ސިޓީގައިވާ ބުނެފައިވާގޮތުން އެ ކަމަށް އެ ކުންފުނިން އެއްބަސްވާނަމަ ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލްކޮށް ކުންފުނިން އެއްބަސްވި ގޮތަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ހުއްދަ ދިނުމަށް އިކޮނިމް ކައުންސިލުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު