އެމްއެންޑީއެފް ޑައިވަރުންތަކެއް (ފޮޓޯ: އެމްއެންޑީއެފް ފައިލް ފޮޓޯ)
އެމްއެންޑީއެފް ޑައިވަރުންތަކެއް (ފޮޓޯ: އެމްއެންޑީއެފް ފައިލް ފޮޓޯ)
ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދަށް މިއަދު 11:00 ހާއިރު ސްނޯކްލިންއަށް އެކަނި ދިޔަ ޒުވާނަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ކޯސްޓްގާޑްގެ ޑައިވަރުން ނަގާފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި، މަރުވެފައިވަނީ މ. ބޮއިލިންފިޝް، އުމުރުން 24 އަހަރުގެ ސޮފްވާން ރަޝީދު ކަމަށް އެމްއެންޑީފުން ވަނީ ބުނެފައެވެ.



އެމްއެންޑީއެފް އިން ބުނީ އެ ޒުވާނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4.36 ގައި ކަމަށެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން