އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ބޭއްވުމަށް ހަމަޖެއްސި ކާގޯ ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައި، ފުރަތަމަ ފެރީ ރާއްޖެ އައުމަށް އިންޑިއާ ކޮޗިން ބަނދަރުން ދަތުރު ފަށައިފިއެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރާނީ މި މަހުގެ 26 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެފެރީ މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފެށުމެއް ކަމަށެވެ. 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ފެރީގެ ޚިދުމަތް ފެއްޓެވުމަށް ނިންމަވާފައެވެ. އަދި މިއީ ރައީސް ޞާލިޙް ގެ ވަޢުދުތަކުގެ ތެރެއިން އެމަނިކުފާނު ވަރަށް އިސްކަމެއް ދެއްވައިގެން ފުއްދަވަން މަސައްކަތްކުރެއްވި ވަޢުދެކެވެ.
ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި ފެރީގެ ޚިދުމަތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި އިންޑިޔާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ މަންސުޚް މަންޑާވިއާއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އާއި ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފައެވެ. މިއަދު ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

Direct cargo ferry services between Maldives &India commenced today! A key commitment of President @ibusolih & PM @narendramodi. An important catalyst for strengthening trade links between our countries. Looking forward to welcoming the Ferry in Kulhudhuffushi on 26th! Bon Voyage pic.twitter.com/11dMprwWQF
— Abdulla Shahid (@abdulla_shahid) September 21, 2020
ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފައެވެ. މިއަދު ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.
ކިޔުންތެރިންގެ ހިޔާލު