ލޯންޗްގައި ތިބި މީހުން ކައިރީގައި އޮތް ތުނޑިއަކަށް އަރައި. (ފޮޓޯ: އެމްއެންޑީއެފް)
ލޯންޗްގައި ތިބި މީހުން ކައިރީގައި އޮތް ތުނޑިއަކަށް އަރައި. (ފޮޓޯ: އެމްއެންޑީއެފް)
26 މީހުންނާއެކު ދަތުރު ކުރި އެމްޓީސީސީ ލޯންޗެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީޢެފުން ބުނީ، 26 މީހުންނާއެކު ދަތުރު ކުރި އެމްޓީސީސީގެ "ކަޅިހި" ލޯންޗް، ފަރަކަށް އަރައިގެން މިރޭ 6:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ލޯންޗުގައި ތިބި 26 މީހުންގެ ތެރޭގައި 2 އަންހެނަކުވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ލޯންޗު އަރާފައި ވަނީ ކ. ކޮއްދިއްޕަރު ކައިރީ އޮންނަ ފަރަކަށް ކަމަށާއި، މި ހާދިސާ ރިޕޯޓު ކުރުމާއެކު އެމްޑީއެފް ކޯސްޓްގާޑުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ލޯންޗު ފަރަށް އެރުމުން އޭގައި ތިބި އެންމެންވެސް ތިބީ އެސަރަހައްދު ކައިރީގައި އޮންނަ ތުނޑިއަކަށް އަރާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭގައި ތިބި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން