މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އަލަށް އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލައި ޝަރުތު ހަމަވި ހަތަރު ކެންޑިޑޭޓުން ވޯޓަކާ ނުލާ އިންތިހާބުވެއްޖެ އެވެ.
ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ ހުސްވި ސެޕްޓެމްބަރު މަހުއެވެ. މީޑިއާ ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން ހިމެނޭނެއެވެ.
މީޑިއާ ކޮމިޝަނުގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރަން ހުޅުވާލި ފުރުސަތުގައި ވާދަވެރިކަން ނެތުމުން، ކުރިމަތިލައި ޝަރުތު ހަމަވި ހަތަރު ކެންޑިޑޭޓުން ވޯޓަކާ ނުލާ ވަނީ އިންތިހާބުވެފައެވެ. އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ، މޫނިމާގެ ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި މަލަ ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ، ވެލީގެ ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް އާއި ހިސާން ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފްއެވެ.
މިކަން އިއުލާންކޮށްދީ އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބަށް ކުރިމަތިލާފައިވާ ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނަންއަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠު ހަމަވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް 2 ކެންޑިޑޭޓުންނެވެ. އަދި، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 ކެންޑިޑޭޓުންނެވެ.
"ވީމާ، ގަވާއިދު ނަންބަރު 2025/R-96 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތްތައް، އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ." އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު