ލިބޭ ޑޮލަރުކޮޅު ކަނޑަށް އެޅުން ހުއްޓާލާފައި ޑޮލަރު އިތުރަށް ވަންނާނެ ކަންކަން ކުރަން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައި މިވަނީ ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއްވެސް ކުރިއަށްގެންދާނީ އެއްފަހަރާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އަމްރު ވިދާޅުވީ ދަރަނިން ސަލާމަތްވެވޭނީ ބޯ ބަހައްޓައިގެން ކަމަށާއި، އެހެންކަމުން ލިބޭ ޑޮލަރުކޮޅު ކަނޑަށް އެޅުން ހުއްޓާލުމަށްފަހު ގައުމަށް ޑޮލަރު އިތުރަށް ވަންނާނެ ކަންތައް ކުރަން އެބަ ޖެހޭ ކަމަށެވެ.
އެމްއޭސީއެލްއާއި ހަވާލުކުރެވިގެން ކުރިއަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކަށް ތިން ޑްރެޖަރު ގެންނަން ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން ބޮޑު ޑްރެޖަރު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ހިއްސާކުރި ޕޯސްޓުގައި އަމްރު ވިދާޅުވީ މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހުރިގޮތަށް ބަލާއިރު، ރަސްމާލޭ ޕްރޮޖެކްޓަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ.
"ދައުލަތުގެ މާލިއްޔާގަ ފައިސާއެއް ނެތް. އެމްޓީސީސީގަ ފައިސާއެއް ނެތް. އެޗްޑީސީގަ ފައިސާއެއް ނެތް. އެމްއޭސީއެލް ގަ 1 ބިލިއަން ޑޮލަރުގެ ދަރަނި އެބައޮތް" އަމްރު ވިދާޅުވިއެވެ.
އެހެންކަމުން ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަން ޖެހޭ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މާލީ ހާލަތު މިހާ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި މިފަދަ ޕްރޮޖެކްޓުތައް ހިންގަމުންދާތީ އަމްރު ވަނީ މާލީ ވަޒީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އަމްރު ވިދާޅުވީ މާލީ ވަޒީރަކަށް ހުންނަ މީހަކީ "އާދެ ރައީސް" ކިޔާ މީހެއްގެ ބަދަލުގައި، ކަން އޮތްގޮތް ސާފުކޮށް ކިޔައިދީ ނޫނެކޭ ބުނަންޖެހޭ ހާލަތްތަކުގަ ނޫނެކޭ ބުނަން ކެރޭ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި އެއީ މާލީ ވަޒީރު ރައީސްއަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންތައް ކަމުގައި އަމްރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު