މަރްޔަމް ނަހްދާ ވަޙީދު   1 ނޮވެމްބަރު 2025 - 16:51
ނަސްރުގެ ދުވަހުގެ ހަރަކާތެއް-
ނަސްރުގެ ދުވަހުގެ ހަރަކާތެއް-
ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ސިފައިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިރޭ މާލޭގައި ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މިރޭ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފަރިތަކުރުމުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15 އާއި 22:00 އާ ދެމެދު ބްލޭންކްސް ފަޔާކުރާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 3 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގެ ޚާއިނުންނާއި ލަންކާގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން މާލެއަށް ދިން ކުއްލި ހަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފުން ދަނީ ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު