މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް މާދަމާ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.
މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. އެހެންނަމަވެސް 15:30 އިން ފެށިގެން ޢާންމުންނަށް ޖުމްހޫރީ މައިދާން ހުޅުވާލެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ޖުމްހޫރީ މައިދާނުގައި މިއަހަރު އޮންނަ ހުށައެޅުމުގެ މަގުސަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު އާންމުންނަށް ދައްކާލުން ކަމަށެވެ.
އެގޮތުން މިއަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން ކަމަށާއި، މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެންނާނެކަމަށް އެމްއެންޑީއެފުން ހާމަކުރިއެވެ.
މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި މި ހަރަކާތް ވާނީ ޢާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ޖުމްހޫރީ މައިދާނުގައި އޮންނަ ހަރަކާތުގެ އިތުރުންވެސް ނަސްރުގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރޭވިފައި ވާކަމަށެވެ.
އެގޮތުން ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި 3 ނޮވެންބަރުގެ ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން އޮންނާނެއެވެ. އަދި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދުވަހު ޝަހީދުވި، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ދައްކުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދުޝްމަނުންގެ ޙަމަލާތަކާ ގުޅިގެން ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ބޭކަލަކީ ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 9:00ޖަހާއިރު، ނަޞްރުގެ ދުވަހުއެވެ. އަދި ގދ. ތިނަދޫއަކީ ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށް ކަމަށްވާތީ ތިނަދޫ ސިޓީގައި ސިފައިންގެ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މައުރަޒު މިމަހުގެ 7 އަދި 8 ވަނަ ދުވަހު އޮންނާނެއެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެއެވެ.
ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3 ގައެވެ. މިއީ ދިވެހި 6 ޚާއިނުންގެ އެހީއާއެކު ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. މި ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު