އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު ސުނައިނާ (ފޮޓޯ: އެމްއެންޑީއެފް)
އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު ސުނައިނާ (ފޮޓޯ: އެމްއެންޑީއެފް)
އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު "ސުނައިނާ" ރާއްޖެއަށް އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު ސުނައިނާ ކަމަށާއި، މި މަނަވަރު ރާއްޖެއަށް އައިސްފައިވަނީ، އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ސިލްސިލާކޮށް ހިންގާ ޖޮއިންޓް މެރިޓައިމް ސާފޭސް ސަވައިލެންސް ޕެޓްރޯލަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނާ ގޮތުން މިމަހުގެ ކުރީކޮޅު ހަނިމާދޫއަށް ދެ މަތިންދާބޯޓުގައި އައި އިންޑިއާގެ އަސްކަރީ ސިފައިންނަކީވެސް ރާއްޖޭގެ ސިފައިންނާ ގުޅިގެން ހިންގާ ތަމްރީން ތަކެއް ހިންގުމަށް އައި ސިފައިންގެ ފައުޖެއް ކަމަށެވެ.



އެމްއެންޑީއެފް އިން ބުނީ، މިފަހަރުގެ ސަވައިލެންސް ޕެޓްރޯލް ކުރިއަށް ދާނީ ކަނޑުމަތީގައި ކަމަށާއި، މި ހަރަކާތް ފަށާނީ މާދަމާ ކަމަށެވެ. އަދި މި ހަރަކާތް އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން