އެމްއެންޑީއެފް ކޯސްޓް ގާޑް (ފޮޓޯ: އެމްއެންޑީއެފް)
އެމްއެންޑީއެފް ކޯސްޓް ގާޑް (ފޮޓޯ: އެމްއެންޑީއެފް)
މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ތެރެއަށް ޒުވާނަކު ވެއްޓިގެން އޭނާއަށް އަވަސް ފަރުވާ ދިނުމަށް ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަވަސް ފަރުވާއަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ހއ. ތުރާކުނު ހުޅަނގު އުތުރުން 32 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާކުރި" ދޯނީގައި ހުރި އުމުރުން 32 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާ އަކީ އެ ދޯނީގެ ފަޅު ވެރިއެއް ކަމަށާއި އޭނާ އަށް އަނިޔާ ވެފައި ވަނީ އެ ދޯނި ތެރެއަށް ވެއްޓިގެން ކަމުގައިވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު މެންދުރު 1:31 އެހާކަންހާއިރު ކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިޔާގެ ކޯސްޓްގާޑް ސޮކޮޑްރޮންއިން އެމީހާ ހއ. ހޯރަފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.



އެމީހާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ބޮޑެތި އަނިޔާތައް މަދުން ނަމަވެސް ދަނީ ލިބެމުންނެވެ. މިދިޔަ ހަފްތާގައިވެސް އެންއެންޑީއެފުން ވަނީ ދެ މަސްވެރިޔަކަށް އަނިޔާވެގެން ސިއްހީ އަވަސް ފަރުވާއަށް މާލެ ގެނެސްފައެވެ. އޭގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅިއެއް ހެރުނު މީހަކުވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން