ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އެންމެ އަގުބޮޑު ރައުސްމާލު ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅުވައިގެން ބަންޑާރަނައިބުގެ އޮފީހުން މިއަދު ވަނީ އެ އޮފީހުގެ އާ ވެބްސައިޓެއް އިފުތިތާހުކޮށްފަ އެވެ.

އެކަމަށްޓަކައި އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރިއްފަތު ވިދާޅުވީ މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމަކީ ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށާއި އެކަން ވަނީ ގާނޫނުއަސާސީގައި ކަށަވަރު ކޮށްދީފައި ކަމަށެވެ.

"މަޢުލޫމާތަކީ އެންމެ އަގުބޮޑު ރައުސުލްމާލް. އެންމެ އަގުބޮޑު ހަތިޔާރު. މަޢުލޫމާތު ހޯދައި، ލިބުމުގެ ޙައްޤަކީ، ޖަވާބުދާރީ ކުރުވަނިވި ދަޢުލަތެއްގެ ބިންގާ. އެ މިނިވަންކަން ބޭނުން ކުރަންވީ ފަރުދުންގެ ޙައްޤުގަ. ޤައުމީ މަސްލަޙަތުގަ. އެންމެންގެ ހެވާއި ލާބައަށް." ރިއްފަތު ވިދާޅުވެފައި ވެއެވެ.



އޭޖީ އޮފީހުގެ އާ ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ އެރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކުރީގެ ބަންޑާރަ ނައިބު އަދި ބާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއިއްޒެވެ.

އެ ވެބްސައިޓަކީ ގާނޫނުތަކުގެ އެންމެ ފަހުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން