މާލޭގެ ރަސްފަންނު ސަރަހައްދަށް މޫދަށް އެރޭ އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ތޫނު އިތާތަކެއް އެ ސަރަހައްދުގެ މޫދު ތެރެއިން ފެނިފައިވާތީ، މޫދަށް އެރޭ މީހުން ސަމާލުވުމަށް ގިނަ ބަޔަކު ދަނީ އިލްތިމާސް ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކުރެއްވީ ގިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ އެވެ. އޭނާ ވަނީ ރަސްފަންނު މޫދު ތެރެއިން ގިނަ އަދަދަކަށް "ފޭން ކްލޭމް" ނުވަތަ ކޮޅު ތޫނު އިތާ ފެނިފައިވާ ކަމަށާއި، އެ ސަރަހައްދަށް މޫދަށް އެރޭ މީހުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މުސްތަފާ ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި، މި އިތާތަކަކީ ވަރަށް ތޫނު ކަނޑިތަކެއް ފަދަ ތަންތަން ހުންނަ އެއްޗެހިތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިތާތައް ހުންނަނީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށްވާތީ، މޫދުގައި ހިނގާބިނގާވެ އުޅޭއިރު ފަސޭހައިން ފައި ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
ހާއްސަކޮށް ދިޔަވަރު ހިކިފައި އޮންނަ ވަގުތުތަކުގައި މޫދަށް އެރޭ މީހުންނާއި ކުޑަކުދިން ހުސްފަޔާ އުޅޭއިރު މިކަމުގެ ނުރައްކާ އިތުރުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި އިތާތައް އެންމެ ގިނައިން ހުރި ސަރަހައްދު މެޕެއްގެ އެހީގައި ފާހަގަކޮށްދެއްވަމުން މުސްތަފާ ވިދާޅުވީ، އިތާ އެންމެ ގިނައީ ރަސްފަންނުގެ ރެސްޓޯރަންޓާ ދިމާލުން މޫދުގައި ކަމަށެވެ. އަދި މި އިތާގެ މަހަކީ ކެއުމަށް ބޭނުންކުރެވޭ އެއްޗަކަށް ވާތީ، ގިނަ ބަޔަކު މި ނަގައި ސާފުކުރާ ނަމަ އެ ސަރަހައްދުން އިތާ މަދުކުރެވި، މޫދަށް އެރޭ މީހުންނަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ވެސް އޭނާ ލަފާދެއްވި އެވެ.
ރަސްފަންނަކީ މޫދު ކަސްރަތު ކްލާސްތަކުގެ އިތުރުން، އާންމުކޮށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ދުވަސްވީ މީހުން މޫދަށް އެރި އުޅޭ ސަރަހައްދަކަށް ވާތީ، މިފަދަ ތޫނު އެއްޗެހި މޫދުގައި ހުރުމަކީ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން، އެ ސަރަހައްދަށް މޫދަށް އެރޭއިރު ފައިވާނަށް އަރައިގެން އުޅުމަށާއި، ކުޑަކުދިންގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު