ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު (ފޮޓޯ އެމްޓީސީސީ)
ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު (ފޮޓޯ އެމްޓީސީސީ)
ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢު އެމްޓީސީސީއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން މިއަދު ވިދާޅުވީ، ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާއި ދުވާފަރު ދާއިރާގެ މެންބަރާއި އެމްޓީސީސީގެ އިސް ބޭފުޅުން މިއަދު ވަނީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް އެރަށަށް ވަޑައިގެން ބައްލަވާލައްވާފައި ކަމަށެވެ.



މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސަކީ، 37.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ވަނީ ރ. ދުވާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން އާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ގެ އިތުރުން ރ. ދުވާފަރު ދާއިރާގެ މަޖްލިސް މެމްބަރު އިސްމާއިލް އަޙުމަދެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 4960 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17790 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ކޭބަލްހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 03 އޮކްޓޯބަރ 2020 ގައި ފަށާފައިވާއިރު، 300 ދުވަސް ތެރޭގައި މަޝްރޫޢު ނިންމޭނެކަމަށް ލަފާކުރާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.



ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާ ފައިވަނީ 1 އޮކްޓޫބަރު 2020 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ 31 ޑިސެމްބަރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން