ލ. ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ދިގުމިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްޤީ ކުރެވޭނެ ކަމަށާއި، އަދި 27848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެރަށުގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފަރާސްޓަރަކްޗަރ އިން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.

ކިޔުންތެރިންގެ ހިޔާލު