ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ޙިމާޔަތެއް ނުދޭނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ އައްޑޫގައި ހިންގި ޑްރަގްސް ބޮޑު އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށާއި، މުޅި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ބިނާކޮށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތު ކުރާ އިބްރާހީމް ރަޝީދު (އަބުޗާ) އާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ އޮޕަރޭޝަނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ޙިމާޔަތް ނުދޭތީ ކަމަށެވެ. އަދި އިއްޔެ އަތުލައިގަތް 88 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހުނަރާ ޤާބިލުކަމުން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.



ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އިއްޔެ އަތުލައިގަތް މަސްތުވާތަކެއްޗަކީ، ޕާކިސްތާނުގެ ޑްރަގް އިންޓެލިޖެންސުން ދިން މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތިކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން