ނާޖާއިޒު ގޮތުގައި ކުޑަކުއްޖަކު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 28 އަހަރުގެ ޙަސަން ނުޢާޒާއި 39 އަހަރުގެ އަޙްމަދު ނަޢީމެވެ. ފުލުހުން ވެބްސައިޓްގައި ބުނެފައިވާގޮތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ދެމީހުން ހައްޔަރުކުރީ މި ހިނގާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިހާރު ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލާގައި މި މީހުން ނާޖާއިޒު ފައިދާ ނަގާފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ކިބައިންނެވެ. އެ ކުއްޖާ މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، ކުށްކުރުވުމަށް އެ ކުއްޖާ އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ ނާޖާއިޒު ފައިދާ ނަގައިގެން މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ޖިންސީ ގޯނާގެ އަމަލުތަކުގައި ކުދިން ބައިވެރިކުރުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު