ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އައްޔަންކުރާ ކޮންމެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރަކަށް (އެސްޕީޑީ) ފަސް އަހަރު ދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާޠިފް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢާޠިފް ވިދާޅުވީ، އެއިން ކޮންމެ ސިޔާސީ ޑައިރެކްޓަރަކަށް އެ މުސާރަ ދިނުމުގެ ބަދަލުގައި، އެއްފަހަރާ އެ ފައިސާ ދީފައި ރަށްރަށުގައި ގެސްޓްހައުސް އަޅަން ބުނި ނަމަވެސް، ރާއްޖޭގެ އުފެއްދުންތެރިކަން މާ ބޮޑަށް އިތުރުވެގެން ދިޔައީސް ކަމަށެވެ.
މޭޔަރު ޢާޠިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ގިނަ އަދަދަކަށް ސިޔާސީ ޑައިރެކްޓަރުން އައްޔަންކުރަނީ ރައްޔިތުން ސަރުކާރަށް ސަލާންޖަހަން މަޖުބޫރުކުރުވުމުގެ ބޭނުމުގައެވެ. އަދި މިދިޔަ އެމްޑީޕީ ސަރުކާރުން އުތުރުގައި އިގުތިޞާދީ ދޮރާށި ހުޅުވުމަށް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔަ ނަމަވެސް، މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު އެ އެއާޕޯޓުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަން ނޭނގުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގެ ނަރުދަމާ ނިޒާމުތައް ނިންމައި، ޒުވާނުންނަށް އެސްއެމްއީގެ ފުރުސަތުތައް ދީގެން ޓޫރިޒަމް އެނދުތައް އިތުރުކުރުމަށް ރާވާފައިވާ ކަމަށް ޢާޠިފް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ފެންނަމުންދަނީ ސިޔާސީ މަގާމުތައް އުފައްދައިގެން ރައްޔިތުންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ މަންޒަރު ކަމަށާއި، އެމްޑީޕީ ފިޔަވައި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ތައުލީމާއި ބޭސްފަރުވާއަށް އިސްކަންދޭ އެހެން ސިޔާސީ ފިކުރެއް ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު