ބ. ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ގާ އެތެރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 18،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުންކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.
އޭގެ އިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކޮށް، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭމަންޓް ހަދާނެ އެވެ.
2 ޖުލައި 2019 ގައި 49.6 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ޙަވާލުކޮށްފައިވާ މި މަސައްކަތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަސައްކަތެކެވެ. އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފެށިއްޖެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައި. pic.twitter.com/TZ1ODidh1R
— MTCC Plc (@MTCCPlc) October 6, 2020
2 ޖުލައި 2019 ގައި 49.6 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ޙަވާލުކޮށްފައިވާ މި މަސައްކަތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަސައްކަތެކެވެ. އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ހިޔާލު