ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ލޯނާއި އެހީގެ ގޮތުގައި 519.8 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އިންޑިއާ އިން ދިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޫކުރި 250 މިލިއަން ޑޮލަރު ހިމެނޭ ގޮތަށް މިހާތަނަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ފަހުން އެމަޢުލޫމާތު ތަކުގެ ތަފްސީލާއެކު އަމީރު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭޑީބީ އާއި އޭއައިއީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާއި އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗާ ޑިވެލޮޕްމެންޓް އާއި އައިއެމްއެފް އާއި އައިޑީބީ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ވޯލްޑް ބޭންކުންނެވެ.
މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ މި އަހަރަށް ލަފާ ކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން މި އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 37 ބިލިއަން ރުފިޔާގެ ބަޖެޓް މިހާރު ތަންފީޒު ކުރެވޭނީ ހިލޭ އެހީގެ ގޮތުގައާއި ލޯނުގެ ގޮތުގައި އިތުރަށް ލިބޭ އާމްދަނީން ކަމަށް ވިދާޅުވިއެވެ.
ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޗައިނާ އާއި އެމެރިކާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ.

The Government of Maldives has now successfully secured $520m as Covid-19 financing from different donors. Details find below 👇https://t.co/Ky0NGSx9zy
— އިބްރާހިމް އަމީރު (@iameeru) October 7, 2020
މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭޑީބީ އާއި އޭއައިއީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާއި އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗާ ޑިވެލޮޕްމެންޓް އާއި އައިއެމްއެފް އާއި އައިޑީބީ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ވޯލްޑް ބޭންކުންނެވެ.
މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ މި އަހަރަށް ލަފާ ކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން މި އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 37 ބިލިއަން ރުފިޔާގެ ބަޖެޓް މިހާރު ތަންފީޒު ކުރެވޭނީ ހިލޭ އެހީގެ ގޮތުގައާއި ލޯނުގެ ގޮތުގައި އިތުރަށް ލިބޭ އާމްދަނީން ކަމަށް ވިދާޅުވިއެވެ.
ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޗައިނާ އާއި އެމެރިކާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ހިޔާލު