ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު
20 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ގޭގައި ހުންނަވާ ނަމަ، ރައީސް ޔާމީންވެސް ހުންނަވަން ޖެހޭނީ ގޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވި އިރު އަދީބު ގެއަށް ބަދަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުން ގެއަށް ބަދަލު ކުރީ ރިޝްވަތު ދީގެން ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލާށޭ. އެހެން ނޫނީ އަދީބު ގެންގޮސް ޖަލަށް ލާށޭ. އޭނާ އަށް ހުކުން ކުރީ ކީއްވެގެންތޯ؟ ކާކަށް ކިހާވަރެއް ރިޝްވަތުގެ ގޮތުގައި ދީގެންތޯ އޭނާ ގެއަށް ބަދަލު ކުރީ، އަޅުގަނޑު ބަލަން ބޭނުން މި މަޖިލީހުގައި. އުގޫބާތެއް ކަނޑައެޅީމަ ދާން ޖެހޭނީ ޖަލަށް. އެވަރު ބާރުވެރިކަން އޮވެގެން ނުވާނެ." ޖާބިރު ވިދާޅުވިއެވެ.

އަދީބު ގެއަށް ބަދަލު ކުރީ ސަރުކާރާއި ޑީލް ހަދައިގެން ކަމަށާއި ދައުލަތް ލޫޓުވާލި މީހަކަށް އެފަދަ ޚާއްސަ ގޮތަކަށް އަމަލު ކުރަންވީ ކީއްވެތޯ ޖާބިރު ސުވާލު އުފެއްދެވިއެވެ. އަދި ރާއްޖޭގައި އޮތީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާ ޖުޑީޝަރީއެއް ކަމަށާއި، ޔާމީން ވެސް ވަގުތުން ވަގުތަށް ގެއަށް ބަދަލު ކުރުމަށް ޖާބިރު ގޮވާލެއްވިއެވެ.

ކަރެކްޝަނުން ބުނެފައިވަނީ އަދީބު ގެއަށް ބަދަލު ކުރެއްވީ ސިއްހީ ހާލަތު ގޯސްވެގެން ވަގުތީ ގޮތުން ކަމަށެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ރައީސް ޔާމީން ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިވަޑައިގެންފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން