އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ތެހެރާންގެ އެންގޭލާބް މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ހިތާމަފާޅުކުރަން ފަށައިފިއެވެ.
ރޮއިޓާސްއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ޚަބަރާއެކު އާންމުންގެ މެދުގައި ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް އުފެދިފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް މިހާރު ވަނީ ޚާމަނާއީ އަވަހާރަވިކަން ކަށަވަރުކޮށްދީ، ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ. އެންގޭލާބް މައިދާނަށް އެއްވި މީހުންގެ ތެރެއިން ގިނަ ބަޔަކު ކަޅު ހެދުމުގައި ތިބިއިރު، ބައެއް މީހުން ދިޔައީ ޚާމަނާއީގެ ފޮޓޯތައް ހިފައިގެން ރޮމުންނެވެ. އަދި މި ހަމަލާއާ ގުޅިގެން އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި، ބަދަލުހިފުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
މި ހަމަލާއަކީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ދެވުނު ހަމަލާއެކެވެ. އިޒްރޭލާއި އެމެރިކާއިން ބުނަމުންދަނީ މިއީ އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ސަރަހައްދީ ނުފޫޒު ކުޑަކުރުމަށް ދެވުނު "ވަރުގަދަ ރައްދެއް" ކަމަށެވެ. ނަމަވެސް، އީރާނުގެ ރައްޔިތުންގެ މެދުގައި މިކަމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއި ރުޅިވެރިކަން މިހާރު ވަނީ މުޅި ތެހެރާނަށް ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު