ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ރައީސް ޔާމީންގެ ގެދޮރު ވިއްކައިގެން ވިޔަސް އެމްއެމްޕީއާރުސީ މައްސަލާގައި ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ނިހާދު މިހެން ގޮވާލައްވާފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައިނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާ ގުޅިގެންނެވެ.

މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އާދައިގެ ރައްޔިތެއްގެ މައްޗަށް ކުރި ޙުކުމެއްނަމަ އެމީހެއްގެ އެކައުންޓް ފްރީޒްކޮށް މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ހޯދާނެ ކަމަށެވެ.

"އޭނާ އަތުގަ ހުރިއްޔާ ހުރި ފައިސާއަކީ ވަގަށް ނަގާފައިވާ ފައިސާކަން އެވަނީ އެތައް ބައެއްގެ ބަޔާނުން ސާބިތުވެފަ. ގެދޮރު ވިއްކައިގެން ވިޔަސް ހޯދާ." ~ މެމްބަރު ނިހާދު ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ދައްކަވަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ވަނީ އަންގާފައެވެ.

އެކަމާގުޅިގެން އިއްޔެއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، "ރައީސް ޔާމީން ފައިސާ ދެއްކިކަމުގެ މައުލޫމާތެއް އަޅުގަނޑުމެންނަކަށް އަދި ލިބިފައެއް ނެތް" ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހައިރާން

09-Oct-2020

މިކަހަލެއި ގަމާރުން ނާއިހެދި އަތެޅެ ގެ އަގޮ މިވެއްޓެނީި ދެރަކަމަށް


4

ހަސަން މުހައްމަދު ފޭދޫ

09-Oct-2020

ދެން ނިހޮވާށުމާ 😂 ބޮޑޮ މުއާއް 😂 މިކޯވީއެއްތަށް ހަދަ 😂 ހުވަފެނުނަސް ނިފެނޭހެއް 😂



ޓްރެންޑިން