ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ މެންބަރުކަމާމެދު ޤާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން އޭނާގެ މެންބަރުކަން ގެއްލިއްޖެކަމަށާއި، އެދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅީ ސިވިލް ކޯޓުގެ ކުރީގެ ޤާޒީ މުޙައްމަދު ޙަލީމެވެ.

ޤާނޫނީ ވަކީލް ހަލީމް ހުށައެޅުއްވި މައްސަލާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ހުންނަވައިގެން މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށް އެ މައްސަލާގައި ވެއެވެ. އެހެންކަމުން ޗާޓަޑް އިންސްޓިޓިއުޓްގެ މެމްބަރުކަމާ ޔަޢުޤޫބް ހަވާލުވެވަޑައިގަތް ވަގުތުން ފެށިގެން ދާންދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ހަލީމް ވަނީ ހުށައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޔަޤުޤޫބުގެ މެންބަރުކަން ގެއްލިފައިވާކަމަށް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން