މިއަދު ރައީސް ނަޝީދު ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ އިސް ފަރާތްތަކާއި ބައްދަލުކުރެއްވުން (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
މިއަދު ރައީސް ނަޝީދު ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ އިސް ފަރާތްތަކާއި ބައްދަލުކުރެއްވުން (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީއާއި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރު ކާނަލް ނަސްރުالله އިބްރާހީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މިބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލު މަޖިލީހުގެ އިދާރާއިންވެސް އަދި އެމްއެންޑީއެފުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.



ރައީސް ނަޝީދު ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވާއިރު، މަޖިލީހުގެ އިދާރާގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ބޭނުންކުރާފަދަ އުކުޅެއް ކަމަށެވެ. އަދި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން ދިވެހިން ކަންބޮޑުވެގެން ނޫޅޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި އަދި ކުޑަ ޑޯނިޔާ މަތިންދާ ބޯޓު ބަލަހައްޓައި އެތަކެތި އޮޕަރޭޓް ކުރުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އިންޑިއާއާއި މިހާރުގެ ސަރުކާރުން ބާއްވަމުން ގެންދާ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް އަސަރުތަކެއް ކުރާނެ ކަމަށެވެ.

މިކަމުގެ ރަށްދެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ ބޮޑެތި އެހީތަކުން ހިންގާ ތަރައްގީގެ މަޝްރޫޢުތައް ފެނިފައި އިދިކޮޅު ފަރާތްތަކަށް އެކަންކަން ހަޖަމު ނުވަނީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން