ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމުގެ މި އަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށްގެންދާ މިތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވާނެއެވެ. އަދި އެކްސިޑެންޓްތައް މަދުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތުދީ ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދޭނެއެވެ.

މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 266 މީހަކު ބައިވެރިވެފައިވާއިރު މައުލޫމާތު ދިނުން ކުރިއަށް ގެންދާނީ ގްރޫޕް ތަކަކަށް ބަހާލައިގެންނެވެ.

ޓެކްސީ ޑްރައިވަރުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު