ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތުއްޕުޅު ބޭފުޅުންނަށް މަޖިލީހުގައި ތިބެވޭނެ ކޮޓަރިއެއް މަޖިލީހުގައި ގާއިމް ކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މާބަނޑު ކަނބަލުންނަށް ޖާގަ ހަދައިދޭ އުސޫލެއް މިހާތަނަށް ނެތް ކަމަށާއި ނަމަވެސް މާބަނޑު މީހުންނަށް މި ތަންތަނުގެ ބޭނުން ނުކުރެވޭ ގޮތަށް އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މެންބަރުންގެ ދަރިން "އެހެން ތަނަކަށް ފޮނުވެން ނެތް ނަމަ" މަޖިލީހުގައި މިއަދު ހުޅުވި މައިންގެ ކޮޓަރީގައި އެ ކުދިން ބޭތިއްބޭނެ ކަމަށެވެ.
"އެތަނުގައި ކުޑަކުޑަކޮށް ކުޅެލައި އެބާވަތުގެ ކަންކަން ވެސް ކުރެވޭނެ. ދެން އަޅުގަނޑަށް ވެސް ވަގުތުވި މިންވަރަކުން އެކުދިން އަޅުގަނޑު ބަލަމުން ގެންދާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
މައިންގެ ކޮޓަރިއެއް މަޖިލީހުގައި ހުރި ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ކުޑަކުދިން އާއިލާގެ ކައިރީގައި ބޭތިއްބުން ކަމަށާއި އެއީ އެއްވެސް ފަރާތަކަށް އޮޅިފައިވާނެ ހަގީގަތެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަރިން ބެލެހެއްޓުމަކީ ހަމައެކަނި މައިންގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، ބަފައިންވެސް އެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މައިންގެ ކޮޓެރި ހުޅުވާފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ އެއްވަނަ ފަންގިފިލާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު