ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކޯވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި ބިޑް ކޮމިޓީގެ މެންބަރުންވެސް ހިމެނޭ ކަމަށް އެނގިފައި ވެއެވެ. އެހެންނަމަވެސް އެ މައްސައިގައި ވަކިގޮތެއް އަދި ޕީޖީ އޮފީހުން ނިންމާފައެއް ނުވެއެވެ.

އޭސީސީން މި މައްސަލައިގައި މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި މިވަނީ، އޭސީސީގެ މެމްބަރުންނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެ މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެކޮމިޝަންގެ މެންބަރުން ހާޒިރުކުރުމަށް ނިންމާފައިވަނިކޮށެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އޭސީސީއަށް އަންގާފައިވަނީ އޮގަސްޓް 17 ވަނަ ދުވަހު އެވެ،

އެމައްސަލައިގައި ރައީސް އަންގަވާފައިވަނީ ފުލުހުންނާއި އޭސީސީއާއި ގުޅިގެން ތަހުގީގު ކުރިއަށްގެންދިއުމަށެވެ.

އަމީންއަށް ދައުވާކޮށް ދިނުމަށް އެދުނު އިރު، ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީއިން ކުރި ހަރަދުތަކާ ގުޅިގެން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުން ފެންމަތިވި ސީރިއަސް މައްސަލަތަކާ ގުޅިގެން އަމީން ހުންނެވީ އެ މައްސަލަތައް ނިމެންދެން އަމިއްލައަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން