މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި (ކ) ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (ވ)
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި (ކ) ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (ވ)
ގާނޫނުއަސާސީއަށް ދެ އިސްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ތޯރިގް ގާނޫނުއަސާސީއަށް އިސްލާުހު ހުށަހަޅާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށެވެ. އަދި ޖާބިރު އިސްލާހު ހުށަހަޅުއްވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ޖާބިރު ހުށަހެޅި އިސްލާހުގައި ވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އެކުލަވާ ލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު "ރާއްޖޭގައި އޮންނަން ފެންނަނީ "ރިޔާސީ ނިޒާމެއްތޯ" ނުވަތަ "ބަރުލަމާކީ ނިޒާމެއްތޯ" ކަނޑައެޅުމަށްޓަކައި ނެގި ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައެޅިފައި ވީނަމަވެސް، ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަންކުރާ ނިޒާމަކީ "ރިޔާސީ ނިޒާމެއް" ކަމުގައި ކަނޑައަޅައި ބަޔާން ކޮށްފައިނުވާ ކަމަށެވެ.

އަދި ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު، ރައްޔިތުންނަށް އެލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ޖާބިރުގެ ހުށައެޅުމުގައި ވެއެވެ. އަދި ގާނޫނު އަސާސީ އަށް އެ އިސްލާހު ގެނައުމަކީ ގާނޫނުއަސާސީ އާއި ތައާރުޒުވާނެ ކަމަކަށް ވެސް ނުބެލެވޭ ކަމަށް ޖާބިރު ހުށައެޅުއްވި އިސްލާހުގައިވެ އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ތޯރިގް ހުށަހެޅުއްވި އިސްލާޙްގައި ބުނެފައިވަނީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ސަބަބުން ގާނޫނު ހެދުމުގެ ބާރުންނާއި ވެރިކަން ހިންގުމުގެ ބާރުން ޖޭއެސްސީއަށް ނުފޫޒް ފޯރުވުމުގެ ޖާގަ އޮތުމުގެ ސަބަބުން ކަމަށެވެ. އަދި ޖޭއެސްސީން ނިންމާ ނިންމުންތަކާއި ބަލާ މައްސަލަތަކުގެ އިތުބާރު ގެއްލި އަދުލް އިންސާފް ގާއިމް ކުރުމުގެ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމުން ކަމަށް އިސްލާހުގައިވަނީ ބުނެފައެވެ. އެހެން ކަމުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު 8 އަށް ބަދަލުކުރުމަށް ތޯރިގް ވަނީ ހުށަހަޅާފައެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ނިމިދިޔަ ރައީސް ޔާމިންގެ ވެރިކަމުގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންނާއި އޭރު އިދިކޮޅު ފިކުރުގައި ތިއްބެވި ގާނޫނީ ބޭފުޅުންނެވެ. ޖޭއެސްސީ އެތުރިފައިވާ ގޮތަށް އިސްލާހު ގެނަސް ޖޭއެސްސީ މިނިވަން ކުރާނެ ކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެކުލަވާލި ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ރައީސް ނަޝީދުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އެމްޑީޕީ ފިކުރުގެ ސިޔާސީ ބޭފުޅުން ތިއްބަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން