ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު މާހިރު
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު މާހިރު
ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު މާހިރަށް ދަޢުވާ ނުކުރުމަށް އޭސީސީން ނިންމައިފިއެވެ.

149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަނީ ބުނެފައެވެ.

މި ކަމާގުޅިގެން ޑރ. ޝާހް މިއަދު ޓްވިޓާގައި ވިދާޅުވީ އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް އޭސީސީން ނިންމާފައިވާ ކަމަށެވެ. އަދި ޝާހް ވަނީ މައްސަލަ ނިންމިގޮތް ކަމަށް ބުނެ އޭސީސީން އޭނާ އަށް ފޮނުވި ލިޔުންވެސް ޢާއްމު ކުރަށްވާފައެވެ.



މީގެ ކުރިން ޑރ. ޝާހު ވަނީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން ނިންމި 75 ވެންޓިލޭޓަރާއި ދޭތެރޭ އޭނާ ސުވާލު އުފެއްދެވި ކަމަށް ވިދާޅުވެފައެވެ. އަދި ގެނައި 10 ވެންޓިލޭޓަރަކީ ބޭނުން ނުކުރެވޭނެ ތަކެތި ކަމަށް، ކަމާއިބެހޭ އިދާރާތަކަށް އެންގެވީވެސް އޭނާ ކަމަށްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާ ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏާއި އެކު ބިޑް ކޮމިޓީއިން ވެފައިވާ އެއްބަސްވުން ތަކުގައި އެއްވެސް ވަރަކަށް ބައިވެރި ވަޑައިގެންފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ އެއްވެސް ގޮތަކަށް ޝަރުތު ހަމަވާ ވެންޓިލޭޓަރުތަކެއް ނޫން ކަމަށާއި އެ ވެންޓިލޭޓަރުތަކުގެ ކޮލިޓީ ބަލާ، އެއީ ބޭނުން ކުރެވޭ ވަރަށް ވުރެ ދަށްތަކެތިކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީނަށް ވެސް ދެންނެވި ކަމަށް ޝާހް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން