މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސަފީރާއިއެކު ދަޢުލަތުގެ މާލީ ވަޒީރާއި، ޚާރިޖީ ވަޒީރު ބޭއްވި ބައްދަލުމަށް އިޝާރާތް ކުރަށްވައި ޝަރީފް ވިދާޅުވީ ޗައިނާއާ އެކު މަޝްވަރާ ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި، ޗައިނާ ފަތުރުވެރިން އަލުން ދަތުރު ފަށާއިރު ޗައިނާ ފަތުރުވެރިން އަންނާނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށެވެ.

އިތުރަށް މެމްބަރު ޝަރީފް ވިދާޅުވީ، "ޗައިނާގެ ފަތުރުވެރިން އަލުން ދަތުރުތައް ފަށާއިރު ރާއްޖެއަށް ގެނެވޭނެ ގޮތެއް ހޯދުމަށް ޗައިނާ އާ އެކު މަޝްވަރާ ކުރަން ޖެހޭ. ރާއްޖޭގެ އެންމެބޮޑު ސޯސް މާކެޓަކީ ޗައިނާ." ކަމަށެވެ.



މާލީ ވަޒީރު އިބްރާހިމް އަމީރާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ބައްދަލު ކުރެއްވުމަށް ފަހު ޗައިނާ ސަފީރު ވިދާޅުވީ ފޮރިން މިނިސްޓަރާއި ފައިނޭންސް މިނިސްޓަރާއެކު ބޭއްވީ ވަރަށް ރަނގަޅު ފައިދާހުރި ބައްދަލުވުމެއް ކަމަށެވެ. އަދި ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިވާނޭކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު


1

އިބުރާހީމް

17-Oct-2020

ޗައިނާމީހުންނަކާނުކުޅުވޭނެ ލިބޭއެތިކޮޅު މަދުވާތީ އާދޭސްކުރަންފެށީދޯ



ޓްރެންޑިން