މިއަދު ވަކީލުކަމުގެ ހުއްދަ ބާތިލުކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 277 ވަކީލަކަށް އިއްޔެ ލިބުމާއި ގުޅިގެން އެފަރާތްތަކަށް މަރުޙަބާ ވިދާޅުވެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މިހާރު ޝަރުޢީ ދާއިރާއަށްވެސް މިނިވަންކަމާއެކު ފާޑު ކިޔޭނެ ކަމަށާއި، ނިޒާމުގައި ހުންނަ ގޯސްތައް ރަނގަޅު ކުރެވޭނީ ފާޑު ކިޔައިގެން ކަމަށެވެ.
"މިހާރު މިނިވަންކަމާއެކު ފާޑު ކިޔޭނެ. ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ." މެމްބަރު ސިރާޖް ވިދާޅުވިއެވެ.
މެމްބަރު ސިރާޖްގެ ޓްވީޓްގައި ވަނީ 2015 ވަނަ އަހަރު އޭނާގެ ވަކާލާތު ކުރުމުގެ ހުއްދަ ބާތިލުކޮށްފާނެ ކަމަށް ބުނެ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ހިމަނުއްވާފައެވެ. މީގެ ކުރިން ޝަރުޢީ ދާއިރާއަށް ފާޑުކިޔައިގެން ގިނަ ޢަދަދެއްގެ ވަކީލުންގެ ހުއްދަ ބާތިލްކޮށްފައިވާއިރު އޭގެ ތެރޭގައި ސިރާޖުވެސް ހިމެނިފައިވެއެވެ.
ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން އިއްޔެ ހުވާކޮށްފައި ވާއިރު އެހުރިހާ ވަކީލުންނަކީ ވެސް ޤާނޫނީ ފަންނުގެ ބިލްގައި ބުނެފައިވާ ބާ ކައުންސިލްގެ ޕްރޮގްރާމު ވެސް ފުރިހަމަކުރައްވާފައިވާ ވަކީލުންނެވެ. ބާ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވެއެވެ. ބާ ކައުންސިލުން މި ޕްރޮގްރާމް ބާއްވާފައިވަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހަކާއި ގުޅިގެންނެވެ.
ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން އިއްޔެ ހުވާ ކޮށްފައި ވާއިރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ދަސްވެނި ވެފައިވާ ތިން ދަރިވަރެއް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށައެޅުމުން ބާ ކައުންސިލުން އެ ހުށައެޅުންތައް ރިޖެކްޓް ކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި މިކަމާ ގުޅިގެން ބާ ކައުންސިލަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޤާނޫނީ ވަކީލު ކަމުގެ ހުވާ ކުރެއްވި އެންމެހައި ފަރާތްތަކަށް މަރުޙަބާ ދަންނަވަން އަދި ކާމިޔާބީއަށް އެދެން.
— Moosa Siraj (@MoosesSiraj) October 18, 2020
ނިޒާމުގައި ހުންނަ ގޯސް ރަނގަޅު ކުރެވޭނީ އެކަމަށް ފާޑު ކިޔައިގެން.
މިހާރު މިނަވަންކަމާއެކު ފާޑު ކިޔޭނެ. ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ. pic.twitter.com/ornGmarTxt
މެމްބަރު ސިރާޖްގެ ޓްވީޓްގައި ވަނީ 2015 ވަނަ އަހަރު އޭނާގެ ވަކާލާތު ކުރުމުގެ ހުއްދަ ބާތިލުކޮށްފާނެ ކަމަށް ބުނެ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ހިމަނުއްވާފައެވެ. މީގެ ކުރިން ޝަރުޢީ ދާއިރާއަށް ފާޑުކިޔައިގެން ގިނަ ޢަދަދެއްގެ ވަކީލުންގެ ހުއްދަ ބާތިލްކޮށްފައިވާއިރު އޭގެ ތެރޭގައި ސިރާޖުވެސް ހިމެނިފައިވެއެވެ.
ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން އިއްޔެ ހުވާކޮށްފައި ވާއިރު އެހުރިހާ ވަކީލުންނަކީ ވެސް ޤާނޫނީ ފަންނުގެ ބިލްގައި ބުނެފައިވާ ބާ ކައުންސިލްގެ ޕްރޮގްރާމު ވެސް ފުރިހަމަކުރައްވާފައިވާ ވަކީލުންނެވެ. ބާ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވެއެވެ. ބާ ކައުންސިލުން މި ޕްރޮގްރާމް ބާއްވާފައިވަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހަކާއި ގުޅިގެންނެވެ.
ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން އިއްޔެ ހުވާ ކޮށްފައި ވާއިރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ދަސްވެނި ވެފައިވާ ތިން ދަރިވަރެއް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށައެޅުމުން ބާ ކައުންސިލުން އެ ހުށައެޅުންތައް ރިޖެކްޓް ކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި މިކަމާ ގުޅިގެން ބާ ކައުންސިލަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު