ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު (ފޮޓޯ: އެމްޓީސީސީ)
ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު (ފޮޓޯ: އެމްޓީސީސީ)
ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިއަހަރުގެ މެއި 27 ވަނަ ދުވަހު މޮބިލައިޒް ކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމޭއިރު 38،600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށެވެ. އަދި 196 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 2500 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން