ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން، އަތޮޅު ކައުންސިލްތަކުން ދެމުން އައި ޓްރާންސްޕޯޓްގެ ޚިދުމަތްތައް މެދުކެނޑި، ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ، ސަރުކާރުގެ ދޯހޮޅި ސިޔާސަތުތަކުގެ ސަބަބުން މިހާރު ހުރިހާ ތަކުލީފެއް އުފުލަން ޖެހިފައިވަނީ ރައްޔިތުންނަށް ކަމަށެވެ.
މޭޔަރު ޢާޠިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލްތައް އުވާލި އިރު، އެތަންތަނުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އެކަށީގެންވާ އެހެން އިންތިޒާމެއް ސަރުކާރުން ހަމަޖައްސާފައެއް ނުވެއެވެ.
އަދި އަތޮޅު ރައްޔިތުންގެ މާލިއްޔާއަށް އާމްދަނީ ހޯދުމަށް ގާއިމުކޮށްފައި ހުރި ވިޔަފާރިތަކާމެދު އަމަލުކުރާނެ ވަކި ގޮތެއް ސަރުކާރުން ނިންމާފައިނުވާ ކަމަށާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއާއި ހަރުމުދާ، ރައްޔިތުންގެ ބަހެއްނެތި އަތުލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އަތޮޅެއްގެ އިދާރީ ހިންގުން ތަރުތީބު ކުރުމަށް ސަރުކާރުން އެއްވެސް ވިސްނުމެއް ގެންގުޅޭތަން ނުފެންނަ ކަމަށާއި، ރަށްރަށުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމަށް އޮތް ފުރުސަތުވެސް ސަރުކާރުން ނައްތާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި، އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ އައު ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް މޭޔަރު ޢާޠިފް ހާމަކުރެއްވިއެވެ. "އަތޮޅު ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމަކީ އަޅުގަނޑުގެ ވިސްނުމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުގެ ރަށްރަށުގެ ވެރިންނާ މަޝްވަރާކޮށް، އެކަން ކުރެވޭނެ ރަނގަޅު ނިޒާމެއް އަޅުގަނޑުމެން ހޯދާނަން،" މޭޔަރު ވިދާޅުވިއެވެ.
ހުރިހާ ރަށެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ ރައްޔިތުންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު