އެމްއެންޑީއެފް ޑައިވަރުންތަކެއް (ފޮޓޯ: އެމްއެންޑީއެފް ފައިލް ފޮޓޯ)
އެމްއެންޑީއެފް ޑައިވަރުންތަކެއް (ފޮޓޯ: އެމްއެންޑީއެފް ފައިލް ފޮޓޯ)
މާލޭ ފަޅުތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައިވަނީ އައިޖީއެމްއެޗާ ދިމާ މޫދުންނެވެ.

ފުލުހުން މިހާރު ވަނީ އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ މަރުވެފައި އޮށްވާ ފެނުނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އައިޖީއެމްއެޗާއި ދިމާ މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:40 ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން