އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް
މިހާރުގެ ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކާއި މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، އެމްޑީޕީގެ ވެރިކަމެއްގައި ރަސްމާލެ ފަދަ ބޮޑެތި ޚަރަދުތައް ހިނގާ މަޝްރޫޢުތައް އެގޮތަށް ކުރިއަށް ނުގެންދާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ގޮތުން ދައުލަތުން ބޮޑެތި ޚަރަދުތަކެއް ހިނގާ މަޝްރޫޢުތައް މިފަދަ ދަނޑިވަޅެއްގައި ކުރިއަށް ގެންދިއުމަކީ އެމްޑީޕީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

ޚާއްސަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ނާޒިލް ވިދާޅުވީ، އެ މަޝްރޫޢުގެ ޖުމްލަ ޚަރަދު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި މިފަދަ ބޮޑެތި ޚަރަދުތަކަކީ އެމްޑީޕީގެ ވެރިކަމެއްގައި ނަމަ، ރައްޔިތުންގެ ފައިދާއަށްޓަކައި އެގޮތަށް ކުރާނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު ހިންގާ ބައެއް މަޝްރޫޢުތަކަކީ އޭގެ ފައިދާ ރައްޔިތުންނަށް ފުރިހަމައަށް ފޯރާނެ ކަންކަމެއް ނޫނެވެ. އަދި ދައުލަތުގެ ފައިސާއިން ކުރާ މިފަދަ ބޮޑެތި ޚަރަދުތަކާ ގުޅޭގޮތުން ރައްޔިތުންނަށް ސާފު ޖަވާބުތަކެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގައުމުގެ މާލީ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިލް ވަނީ ސަރުކާރަށް ހަރުކަށި އިންޒާރެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ގެންގުޅޭ މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އިތުރަށް ގޯސްވެ، އަތްނުފޯރާ ފަށަށް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަދީ، އިޤްތިޞާދީ ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު