ވެންޓިލޭޓަރ ޚިޔާނާތުގެ މައްސަލާގައި މަޖުބޫރުން މަޤާމުން އިސްތިޢުފާ ދެއްވި ޢަބްދުﷲ އަމީން
ވެންޓިލޭޓަރ ޚިޔާނާތުގެ މައްސަލާގައި މަޖުބޫރުން މަޤާމުން އިސްތިޢުފާ ދެއްވި ޢަބްދުﷲ އަމީން
ކޯވިޑް-19 އާ ގުޅިގެން ހޯދުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި، ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ނުކުރަން ނިންމި ނިންމުން އަލުން ރިވިއު ކޮށްދިނުމަށް އެސީސީން ޕީޖީ އޮފީހަށް ހުށައަޅައިފިއެވެ.

ވެންޓިލޭޓަރ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕީޖީން ނިންމިއިރު އެކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އޭސީސީން ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވާފައި އޮތް މައްސަލައިގައި ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

ވެންޓިލޭޓަރ ހޯދުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ސާބިތުވެފައިވާތީ، އެ މައްސަލައާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާއެކު މަޖުބޫރު ވެގެން މަޤާމުން އިސްތިއުފާދެއްވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށާއި މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުން ރިވިއު ކުރުމަށް އެދި އޭސީސީން މިއަދު ވަނީ ހުށައަޅާފައެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަމާއި އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ، މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލާގައި ދައުވާ ކުރާވަރަށް ހެކި ނެތްކަމަށް ބުނެ އެމައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ. އެގޮތުން ޕީޖީން ބުނެފައިވަނީ، އޭސީސީން ކުރި ތަހުގީގުގައި 12 ތުހުމަތެއް ކުރި ނަމަވެސް ތުހުމަތުތައް ބިނާވެފައި އޮތީ ދެ މުއާމަލާތަކަށް ބިނާކޮށްފައި ކަމަށާއި އެ ޕްރޮޖެކްޓު އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ވަކި މީހަކަށް ފައިދާއެއްވާ ގޮތަށް ކަމެއްކޮށްފައި އޮތްކަން ކަނޑައެޅިގެން ތަހުގީގުން ސާފުކޮށް ފެންނަން ނެތް ކަމަށެވެ.

އެގްޒެކިއުޓަރސްއާ އެކު އޭޕްރީލް 2 ގައި އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރ އަދި ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ހެލްތް މިނިސްޓްރީން ވަނީ އެއްބަސްވުމުގެ 90 އިންސައްތަ ފައިސާއަށްވާ 30 މިލިއަން ރުފިޔާ އެކުންފުންޏަށް އެޑްވާންސްކޮށް ދީފައެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ތަހުގީގުކޮށް މައްސަލަ ނިންމާފައިވަނީ އަވަސް އަރުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން އެ ކޮމިޝަންގެ އިތުބާރު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ބުނެފަ އެވެ. އަދި އެމައްސަލާގައި އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް ނިންމުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ވެންޓިލޭޓަރު މައްސަލާގައި ކުރިމަތިވި ފާޑުކިއުންތަކާއެކު އޭރުގެ ހެލްތް މިނިސްޓަރ އަމީން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން