ރޭ މާލެ ގެނައި ބަލިމީހާ (ފޮޓޯ: އެމްއެންޑީއެފް)
ރޭ މާލެ ގެނައި ބަލިމީހާ (ފޮޓޯ: އެމްއެންޑީއެފް)
އިންޑިއާ ސަރުކާރުން ހަދިޔާކުރި ޑޯނިއާ ފްލައިޓުން ފުރަތަމަ ފަހަރަށް ބަލިމީހަކު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ހާލު ދެރަ 78 އަހަރުގެ ދިވެހި ފިރިހެނަކު ޑޯނިއާ ފްލައިޓްގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.



ރޭ މެންދަމު މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވާއިރު، މިއީ އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ ފްލައިޓުން ބަލިމީހަކު އުފުލި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާކުރުމަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި އެއްތަނުން އަނެއް ތަނަށް ބަލި މީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް މި ބޯޓު ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ރާއްޖެއަށް ދެ ހެލިިކޮޕްޓަރު ހަދިޔާކޮށްފަ އެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމުގައި ހަރަކާތްތެރި ވަނީ ވެސް އިިންޑިއާ އަސްކަރިއްޔާއިންނެވެ. ނަމަވެސް ހެލިކޮޕްޓަރު އޮޕަަރޭޝަނުގައި ދިވެހި ސިފައިންނާއެކު އިންޑިއާ ސިފައިން ވެސް ބައިވެރިވެ އެވެ. އިންޑީއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވައި ބެލެހެއްޓުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާގެ ސިފައިން ހަރަކާތްތެރިވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން