ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ކ) އާއި ހައުސިން މިނިސްޓަރ އަސްލަމް (ވ)
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ކ) އާއި ހައުސިން މިނިސްޓަރ އަސްލަމް (ވ)
ކާށިދޫން އެއްވެސްތާކަށް ކޭބަލް ކާރު އެޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ ކާށިދޫން ގާފަރަށް ކޭބަލް ކާރު އެޅުމަށް ސަރުކާރުން ހުއްދަ ނުދެނީ ކީއްވެތޯ ސުވާލު ކުރަށްވާފައެވެ.

ޖާބިރަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކ. ކާށިދޫން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ، ހަމަ ބުއްދީގައި ހުންނަވައިގެން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށެވެ.

"އަޅުގަނޑަށް އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ ކާށިދޫ އިން އެއްވެސްތާކަށް ކޭބަލް ކާރު އެޅުމަކީ ފީސިބަލް ކަމެއް ކަމަކަށް. ރައްޔިތުންނަށް ވެސް ސާފުކޮށް އެނގެން ޖެހޭ ކިތަންމެ ބާރަށް ދެއްކިޔަސް އެއީ ވާނެ ކަމެއް ނޫން ކަން. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ވެސް ނޫން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ، ޕެރިހުން ލަންޑަނަށްވެސް ކޭބަލް ކާރު އަޅާފައިވާ ކަމަށެވެ. އޭގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެ އަކީ ޕެރިސް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޕްލޭންގައި ކޭބަލް ކާރުގެ ކަންތައް ނުހިމަނަނީ އެއީ ފީސިބަލް ކަމަކަށް ނުވާތީ ކަމަށެވެ.

ކާށިދޫން ގާފަރަށް ކޭބަލް ކާރު އެޅުމާއި، ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ޖާބިރުގެ އިންތިޚާބީ ވަޢުދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން