މިއަހަރުގެ ތިންވަނަ ކުއާޓާގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީން މިއަދު އާއްމު ކޮށްފައިވާ އެ ކުންފުނީގެ ތިންވަނަ ކުއާޓާގެ ރިޕޯޓް ގައިވަނީ މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 36 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީން ވަނީ 70 ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން 11 މަޝްރޫޢެއް އެއްކޮށް ނިންމާލާފައިވާއިރު، 12 މަޝްރޫޢެއް މުޅިން އަލަށް ފަށާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 951 މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 119 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ކުންފުންޏަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 350 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއަރޓާގައި ސީއެސްއާރުގެ ދަށުން 937,147.40 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެމްޓީސީސީގެ ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު