އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި
އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް، އެ މައްސަލަ ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާހެއް ނުވިއެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލާގައި މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ފެށުމާއެކު އޭނާ ވަނީ މި މައްސަލަ އޮފް ދަ ރެކޯޑުގައި މަޝްވަރާކުރުމަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގައި މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ނެގި ވޯޓުގައި އޭސީސީގެ މެންބަރުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ތާއީދު ކުރެއްވީ އެންމެ ދެ މެންބަރުންނެވެ. ބާކީ ތިއްބެވި ހަ މެމްބަރުން ތާޢީދު ކުރެއްވީ އޭސީސީގެ މެންބަރުން ވަކި ވަކިން ހާޒިރުކޮށް، އެ ކޮމިޝަނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ. މި ގޮތަށް ހުށައަޅާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް އެވެ.

އޭސީސީ މެންބަރުން ވަކި ކުރަން ނުފެންނަކަމަށް ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން ހޯދުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި، ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ނުކުރަން ނިންމި ނިންމުން އަލުން ރިވިއު ކޮށްދިނުމަށް އެސީސީން ޕީޖީ އޮފީހަށް ވަނީ ހުށައަޅާފައެވެ. ވެންޓިލޭޓަރ ހޯދުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ސާބިތުވެފައިވާތީ، އެ މައްސަލައާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާއެކު މަޖުބޫރު ވެގެން މަޤާމުން އިސްތިއުފާދެއްވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށާއި މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ ގައި އެދިފައިވެއެވެ.

އެގްޒެކިއުޓަރސްއާ އެކު އޭޕްރީލް 2 ގައި އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރ އަދި ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ހެލްތް މިނިސްޓްރީން ވަނީ އެއްބަސްވުމުގެ 90 އިންސައްތަ ފައިސާއަށްވާ 30 މިލިއަން ރުފިޔާ އެކުންފުންޏަށް އެޑްވާންސްކޮށް ދީފައެވެ.

ވެންޓިލޭޓަރ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕީޖީން ނިންމިއިރު އެކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އޭސީސީން ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވާފައި އޮތް މައްސަލައިގައި ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން