ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު (ވ) އާއި ބްރިގޭޑިއާ ޖެނެރަލް ޑީޑީ (ކ)
ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު (ވ) އާއި ބްރިގޭޑިއާ ޖެނެރަލް ޑީޑީ (ކ)
ޤައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ބަސްވިދާޅު ނުވެ ހުންނެވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރަށް ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުޙައްމަދު ދީދީ ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.

ސަރުކާރުން ދިވެހި ޤައުމު އެމެރިކާއަށް ވިއްކާލަނީ ކަމަށް ބުނެ އާދަމް ޝަރީފް ކުރަށްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން، ދިވެހި އަސްކަރިއްޔާގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނޮވެމްބަރު 3 ގެ އެއް ބަޠަލް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ، ސިޔާސީ މަޤްސަދަށްޓަކައި އާދަމް ޝަރީފް ބައިނަލްއަޤްވާމީ ސަލާމަތާއި، ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ބަސްބުނުމުން އެއްކިބާވެ ހުރުން ރަނގަޅުވާނެ ކަމަށެވެ.

ނަސީބު ރަނގަޅުކަމުން ރާއްޖޭގެ ދިފާޢީ ވަޒީރުކަން ކުރުމުގެ ފުރުސަތު އާދަމް ޝަރީފަށް ލިބުނު ނަމަވެސް އާދަމް ޝަރީފަކީ ބައިނަލްއަޤްވާމީ ގުޅުންތަކާއި، ބައިނަލްއަޤްވާމީ ދިފާޢީ މާޙައުލުގެ ތަޖުރިބާކާރެއް ނޫން ކަމަށް ޖެނެރަލް ޑީޑީ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެންމެ ބުއްދިވެރިގޮތަކީ އެދާއިރާގެ ވާހަކަ ދެއްކުމުން އެއްކިބާވުން ކަމަށް ޑީޑީ ވިދާޅުވިއެވެ.



ޖެނެރަލް ޑީޑީ އިތުރަށް ވިދާޅުވީ، ޑިޕްލޮމެސީ އާއި ބައިނަލްއަޤްވާމީ ގުޅުންތަކަކީ ކުދި ޤައުމުތަކުގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި، "ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ" ވަކި މާއްދާއެއްގެ ގޮތުގައި ދުނިޔޭގައި ކިޔަވައިދެނީ ސަބަބުތަކެއް އޮވެގެން ކަމަށެވެ.

ރައީސް ޔާމީންގެ ދިފާޢީ ވަޒީރަކަށް ވަޑައިގަތުމުގެ ކުރިން ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރަށްވަމުން ގެންދެވި އާދަމް ޝަރީފަކީ ދިފާޢީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްނޫނެވެ. ޖެނެރަލް ޑީޑީ އާދަމް ޝަރީފަށް ދެއްވި ނަސޭޙަތް ނިންމަވާލައްވަމުން ވިދާޅުވީ، ނުރައްކާތަކާ ކުރިމަތިލުމުގައި މަޝްވަރާގެ އުސޫލް އިސްކޮށް ކުރިއަށް ދިއުމަކީ މިއަދުގެ ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


0

ހައްްސާނު

30-Oct-2020

ބައިނަލްއަޤުވާމީގުޅުންތަކާއި،ބައިނަލްއަޤުވާމީ ދިފާއީމާހައުލުގެތަޖުރިބާތެދީދީލިބިފެއިހިށަސް ތެދީދީތެހިށީފޭލިވެފެއި



ޓްރެންޑިން